ހަށިވިއްކަމުންދިޔަ ވިއެޓްނާމްގެ ދެ އަންހެނަކު ޑީޕޯޓުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު ޑީޕޯޓުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މި ދެ އަންހެނުންނަކީ ތިމޮންގތުންގުއޭން (40 އަހަރު) އާއި ހޮއޭންތިތަންހ (41 އަހަރު) އެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މި ދެ އަންހެނުން ހައްޔަރުކުރެވުނު ކަމަށެވެ. މީގެ ތެރެއިން އެކަކީ ވޯކް ވިސާގައި ރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށާއި، އަނެކަކީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސްފައިވާ މީހެއް ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދިނެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، މި ދެ މީހުންގެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު، އެ ދެ މީހުންވެސް މިހާރު ވަނީ ޑީޕޯޓުކޮށްފައި ކަމަށެވެ. މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ.

މި މަސައްކަތުގެ ދަށުން، ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ގިނަ ބަޔަކު މީގެ ކުރިންވެސް ވަނީ ޑީޕޯޓުކޮށްފަ އެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ