ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލުނެރެފި އެވެ.

ދިވެހިރާއްޖޭގެ މެޓް އޮފީހުން މިއަދު ހެދުނު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު ހެދުނު 9 ޖެހުމުން ފެށިގެން މެންދުރު 13:00 އާއި ހަމައަށް ށ. އަތޮޅާއި ތ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނޭކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އިން ބުނެފައި ވަނީ ދެކުނުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަން ވެސް ހާމަކުރައްވާފަ އެވެ. މިދިޔަ 24 ގަޑިއިރު އެންމެ ގިނަައިން ވާރޭވެހުން ރަށްތައް މެޓުން އާންމު ކޮށްފައިވާއިރު، މާލެއަށް ފާއިތުވި 24 ގަޑިއިރު 130.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. އެއީ 79.5 މިލިމީޓަރުގެ ވާރޭއެެވެ.

މާލެއަށް ފާއިތުވި 24 ގަޑި އިތު ތެރޭގައި ކުރި ވިއްސާރައިގެ ސަބަބުން 7 ގޭބިސީ އެއްގެ 44 މީހަކަށް 1 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ. އެންޑީއެމްއޭއިން ބުނީ މިފަރާތްތައް ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަކުކުރެވުނީ އެ ގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީ ކަމަށެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ