މަސައްކަތްތެރިކަމުގެ ދާއިރާއިން ހިލޭ ތަމްރީނު ވުމުގެ ފުރުސަތުތަކެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނުވުމަށް އެކި ކޯސްތަކުގައި މުޅިން ހިލޭ ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވާލައިފިއެވެ.

މި ކޯސްތަކަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ޕޮލިޓެކްނިކްގައި ކުރިއަށްގެންދާ، އެއްވެސް ފީއަކާ ނުލައި ބައިވެރިވެވޭނެ ކޯސްތަކެކެވެ.

މި ކޯސްތަކުގެ ތެރޭގައި ވަޑާންކުރުން، ކަރަންޓު މަސައްކަތް، ދަނޑުވެރިކަން، ކޭކް ޑެކޮރޭޝަން، އަދި ފެޝަން ޑިޒައިނިންގ ފަދަ ދިވެހިރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތައް ހިމެނެއެވެ. މި ކޯސްތައް ކުރިއަށްގެންދަނީ ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާއާ ހަމައަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯސްތަކުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ބިނާކުރުމެވެ. މިގޮތުން، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އިންޓޭކްގައި ބައިވެރިވުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ކޯސްތަކަށް ހުށަހެޅުމަށް ޚާއްޞަ ލިންކެއް ވެސް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. މި ފުރުޞަތުގެ ބޭނުން ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް ކޯސްތަކަށް ކުރިމަތިލެވޭނެއެވެ.

މި ފުރުޞަތު ހުޅުވާލުމާއެކު، ގިނަ ޒުވާނުންނަށް މަސައްކަންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ތަމްރީނުވެ، ހުނަރު ލިބިގަތުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ