ކެމްބްރިޖް އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ބޭއްވުނު ކެމްބްރިޖް އިންގްލިޝް (ސީއޭއީ އަދި ސީޕީއީ) އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފިކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

ޑީޕީއޭ އިން ބުނެފައިވާ ގޮތުގައި، އަމިއްލަ ގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންނަށް ނަތީޖާ ރީޗެކް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރީޗެކް ކުރުމަށް އެދޭ ފަރާތްތަކުން ސާރވިސް ރިކުއެސްޓް ފޯމު ފުރިހަމަކޮށް މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. މި ފޯމު ޑީޕީއޭގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ޑިޕާޓްމަންޓުން މަޢުލޫމާތު ދީފައިވެއެވެ.

އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް މެއިލް ކުރެވޭނެކަމަށާއި ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށްކަމަށް ޑީޕީއޭ އިން ވަނީ އަންގާފައެވެ.

އިތުރުން، ސެންޓަރުތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެ ދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށްކަމަށްވެސް ޑީޕީއޭއިން ބުނެފައިވެއެވެ. ނަތީޖާ އަދި ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:00 އަށެވެ.

ޑީޕީއޭ އިން އިތުރަށް އަންގާފައިވަނީ ފޯމު ހުށަހަޅާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އޭގެ ކޮޕީއެއް ގެންދިއުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ