ޤައިދީންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއް އުނިކުރެވިފައެއް ނުވޭ: ކަރެކްޝަންސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް އަދި ޚިދުމަތެއް އުނިކުރެވިފައި ނުވާނެކަމަށް އެ ހިދުމަތުން ބުނެފި އެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައި ވަނީ، މާފުށީ ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި ހާލު ދެރަވި ގައިދީއެއް ގެންދާ ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯތަކަކާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

ކަރެކްޝަންސްގެ ޕޯސްޓުގައި ބުނެފައި ވަނީ، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވުނު ކަމަށެވެ. އެހެން ނަމަވެސް އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް އަދި ޚިދުމަތެއް އުނިކުރެވިފައެއް ނުވާނެ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.

މާފުށީ ޖަލުގައި ތިބި ބައެއް ބަންދުމީހުން އެ ސަރވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނެގި ނަމަވެސް، ވިޔަފާރި އުޞޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ، އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދުމީހެއްގެ ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ނުވާ ކަމަށެވެ.

މާފުށި ޖަލު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ