ހުޅުމާލެ ސަބްސްޓޭޝަން އެނާޖައިޒްކުރަން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކިލޯ ވޯލްޓްގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރާތީ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރާތީ ޖެނުއަރީ 10، 2025 (މާދަމާ) ގެ ހެނދުނު 6:00 އިން ފެށިގެން 8:00 އާ ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. ހިދުމަތް މެދުކެނޑޭނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންކަމަށް ސްޓެލްކޯއިން ބުނެ އެވެ. މާލެ އިން ހިދުމަތް ކެނޑޭ ބައެއް ސަރަހައްދުތަކުގެ ތެރޭގައި މާފަންނާއި މައްޗަންގޮޅީގެ އިތުރުން ހެންވޭރުގެ ބައެއް ސަރަހައްދުތައް ހިމެނެ އެވެ.

ސްޓެލްކޯއިން ނެރެފައިވާ އެލާޓް.

މި ސަބްސްޓޭޝަނުގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނެއެވެ. މި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަޤްޞަދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ޚިދުމަތުގެ ޔަޤީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ސްޓެލްކޯއިން ވަނީ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާފައިވެއެވެ.

ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ