ފްލެޓާއި ގޯތި އަތެއް ނުލާނަން، ހައްޤުވެރިންނަށް ވަރަށް އަވަހަށް ފްލެޓް ދޭނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓު ލިބޭމީހުންގެ ލިސްޓު ރޯދައިގެ ކުރިން އިއުލާނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ހުވަދު އަތޮޅު ކުރައްވަމުންދާ ދަތުރުފުޅު ނިންމަވާލައްވަމުން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، ފުލެޓްތައް ހަވާލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

”އަޅުގަނޑު ވައުދުވީ އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް ފުލެޓެއް އަޅުގަނޑުމެންނެއް އަތެއް ނުލާނަމޭ. އަބަދުވެސް އޮންނަ ހަމަޔަކީ މަކަރު ހަދައިގެން ދޮގު ހަދައިގެން، ފޯޖު ޑޮކިޔުމެންޓްސް ލައިގެން މިކަހަލަ ގޮތަކުން މީހަކު ފުލެޓެއް ގޯއްޗެއް ހޯދާފައި އޮތިއްޔާ އެމީހެއްގެ އަތުން ކެންސަލް ވާނެ އެއްޗެކޭ.“

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމި އެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެ އެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

ނަމަވެސް އެ ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް އާއްމު ފަރާތްތަކަކުން ތުހުމަތުކޮށްފައިވާތީ އެ ލިސްޓް މުރާޖައާކުރުމުގެ މަސައްކަތް މި ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ