އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަނޭޅޭނެ ގޮތަށް ބަދަލުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ދައުލަތުގެ އެކި އޮފީސްތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަނޭޅޭ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

މި ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވަނީ ބައެއް ޕާޓީތަކުން ރަސްމީކޮށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. ވަގު ފޯމުގެ ޒަރީއާއިން ޕާޓީތަކަށް މެންބަރުން އިތުރުކުރުމަކީ ރާއްޖޭގައި ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިފަހުން އަނެއްކާވެސް ފެންމަތިވެފައިވަނީ މީހުންގެ އައިޑީ ކާޑުގެ މަޢުލޫމާތު ހޯދައި، ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވެއްދި މައްސަލަތަކެކެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓުތަކުން އެނގޭ ގޮތުގައި އެ މީހުން ޕީއެންސީއަށް ވައްދާފައިވަނީ އެ މީހުންގެ ރުހުމެއް ނެތި، ސޮއި ފޯޖުކޮށްގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި، ފެބްރުއަރީ ހިސާބުގައި މި ބަދަލު ގެނައުމުގެ މަސައްކަތް ނިންމުމަށް އަމާޒު ކުރެވިފައިވެއެވެ. ނަމަވެސް ބައެއް ގަވާއިދުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭތީ ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށް ވެސް އީަށް ވެސް އީސީ އިން ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީގެ ގަވާއިދު އަދި ބައެއް ސޮފްޓްވެއަރތަކަށް ވެސް އަލުން ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ