”އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް“ ބޮޑީއެއް އުފެއްދުމަށް ހުށަހަޅަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ”އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް“ ގެ ބޮޑީއެއް ރާއްޖޭގައި އުފެއްދުމަށް ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ ސީޕްލޭންފަދަ ތަފާތު އެކި ބާވަތުގެ އެއާކްރާފްޓްތައް އޮޕަރޭޓްކުރާ އަދި އެތެރެއާއި ބޭރުގެ ގިނަ ދަތުރުތައް ކުރާ ގައުމަކަށްވާތީ، އެއާކްރާފްޓްތަކުގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ސިވިލް އޭވިއޭޝަންގެ ބޭރުން އިތުރު ބޮޑީއެއް އުފެއްދޭނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށާއި، އެހެންކަމުން މިމަސް ނިމުމުގެ ކުރިން ކެބިނެޓަށް އެފަދަ ބޮޑީއެއް އުފައްދަން ހުށަހަޅުއްވާނެ ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭނީ އެއާކްރާފްޓް އިންވެސްޓިގޭޝަންސް ކޮމިޓީއެއް ނުވަތަ ބިއުރޯއެއް ނުވަތަ މޯލްޑިވިއަން އެކްސިޑެންޓް އިންވެސްޓިގޭޝަންގެ ނަމުގައި ބޮޑީއެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާކުރާއިރު، މިމަހުގެ 6 ވަނަ ދުވަހު މޯލްޑިވިއަންއަށް ވަނީ ވައިޓްބޮޑީ އެއާރކްރާފްޓެއް ގެނެސްފައެވެ.

މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ