ކަސްޓަމްސްގެ ބޮޑު ހިޔާނަތް: ވެރިން 241 ކޮމެޓީއަށް ހާޒިރުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާގެ ފައިސާ ދައުރުކުރި މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.

މި މައްސަލައިގައި އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ލިބެންޖެހޭ ފައިސާ އޮޅުވާލައިގެންނާއި ރިޝްވަތުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެނީ ގާތްގަނޑަކަށް 20 މީހުންގެ މައްޗަށެވެ. މިކަމާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުމަށް ކަސްޓަމްސްގެ އިތުރުން ފުލުހުންނާއި ހޯމް މިނިސްޓްރީގެ ވެރިން ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

މި ބުރާސްފަތި ދުވަހު މަޖިލިސް ބޭރުން ބޭއްވުމަށް ނިންމާފައިވާ މި ކޮމިޓީ ބައްދަލުވުމުގައި، ކަސްޓަމްސްގެ ޚިޔާނާތުގެ މައްސަލައިގެ އިތުރުން ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސްއިން ސިނގިރޭޓްތަކެއް ގެއްލުނު މައްސަލައާ ގުޅޭގޮތުންވެސް މުއައްސަސާތަކާ ސުވާލުކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް އޮފިސަރެއްގެ ރިޓަޔަރމަންޓްވެސް ވަނީ މަޑުޖައްސާލާފައެވެ.

ކަސްޓަމްސްގެ މި ޚިޔާނާތުގެ މައްސަލަ ފުލުހުން ތަޙްޤީޤުކުރަން ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުއެވެ. އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، މި މައްސަލައާ ގުޅިގެން ބައެއް އޮފިސަރުންގެ ފޯނާއި ބައެއް ސާމާނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.

ރާއްޖެއަށް އެކި ބާވަތުގެ އެއްޗެހި އެތެރެކުރުމުގައި ކަސްޓަމްސްގެ މުވައްޒަފުންގެ މައްޗަށް އަބަދުވެސް ތުހުމަތުގެ އިނގިލި ދިއްކުރެވޭކަން ފާހަގަކުރެވެއެވެ.

241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ