ނިމިދިޔަ ހަފްތާބަންދުގައި މާލެ އަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަަށް ކުރި ވިއްސާރައާ ގުޅިގެން ބޯހިޔާވެހި ކަމަށާއި، ކެއުން ބުއިމަށް ދެލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްޑީއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީ މިހެން ބުނެފައި ވަނީ، މި މަހުގެ 3 ވަނަ ދުވަހު ކުރި ވިއްސާރައިގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުންނެވެ.
އެންޑީއެމްއޭ އިން ބުނީ، މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ކައްކައި ކައިބޮއި ހެދުމަށާއި ނިދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން ރިޕޯޓްކުރި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބީސީގެ 226 މީހުނަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއިންބުއިން ދެ ދުވަހުގެ މުއްދަތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން، ވިއްސާރައިގެ ސަބަބުން އަތޮޅު ތެރޭ ރަށްރަށަށް އުދަ އަރައިގެން ރ. އިނގުރައިދޫ އާއި ށ. ނަރޫދޫއިން ރިޕޯޓްކުރި ކަމަށާއި، އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 8 ރަށަކުން ރިޕޯޓްކުރި ކަމަށެވެ.
މީގެ ތެރެއިން، ހަތަރު ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން އެ އޮތޯރިޓީއަށް ވަނީ އެސެސްމަންޓް ފޯމު ހުށަހަޅައިފަ އެވެ. އެއީ:
- އދ. މާމިގިލި – 3 ފޯމް
- ދ. މީދޫ – 43 ފޯމް
- ފ. މަގޫދޫ – 5 ފޯމް
- ފ. ނިލަންދޫ – 22 ފޯމް
މީގެ އިތުރުން، އެ އޮތޯރިޓީން ބުނީ، ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ހަރަދުވި ކަމަށާއި، ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް ދެލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިއީ މާލޭއަށް ބޯކޮށް ވާރޭވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. އަދި އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހުނު ފަހަރު ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.
މޫސުން ގޯސްވުން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)