ގައިދީއަކަށް ޑްރަގް ފޯރުކޮށްދޭން އުޅުނުކަމަށް ތުހުމަތުވާ އަންހެން މީހާ ދޫކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

ޖަލުގައި ހުރި ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. ފުލުހުން މީނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި ކަމަށެވެ.

މި އަންހެން މީހާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުން ވަނީ އެ އަންހެން މީހާ ބަންދުން ދޫކޮށްލަން އަމުރު ކޮށްފަ އެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، ފުލުހުން މީނާގެ މައްޗަށް ތުހުމަތު ކުރަނީ، ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް މީނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުށުގެ ތުހުމަތު ކުރެވޭ އެއްވެސް ހެއްކެއް ނުވަތަ މީނާ ކުށެއް ކުރަން އުޅުނުކަމަށް ބާރުދޭ ހެއްކެއްވެސް ހުށަހަޅާފައި ނުވާ ކަމަށާއި އެހެންވެ އޭނާ ބަންދުން ދޫކޮށްލާކަމަށް ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ