މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ރަޖިސްޓާކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ހިޖާމާ ކްލިނިކަށް އިލާޖް ވެއްޖެ އެވެ.
’އިލާޖް ހިޖާމާ އެންޑް އެލްޓަނޭޓިވް މެޑިކަލް ސާވިސަސް‘ ގެ ނަމުގައި މި ކްލިނިކް ހުޅުވާފައިވަނީ ޖެނުއަރީ 8، 2025 ގަ އެވެ.
އިލާޖް ކްލިނިކް ހިންގާނީ މއ. ތަޅަމުދީގެ ފަސް ވަނަ ފަންގިފިލާގަ އެވެ. މިއީ އަމީނީ މަގު، ފެން ބިލްޑިން ކުރިމަތީ ހުންނަ އިމާރާތެކެވެ.
އެ ކްލިނިކުން މައުލޫމާތު ދިން ގޮތުގައި މި ކްލިނިކަކީ ހިޖާމާގެ އިތުރުން ދިވެހި ބޭހަށް ހާއްސަ ކްލިނިކެކެވެ.