އަލިފާނުގެ ހާދިސާގައި އެނދި ސިޓީ ކައުންސިލްގެ އިމާރާތުގެ މަސައްކަތްތައް ތައިސޭ ކޮށްޓައް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިސެންބަރު 12 ވަނަ ދުވަހު ހިންގި އަލިފާނުގެ ހާދިސާގައި އެނދި ސިޓީ ކައުންސިލްގެ އިމާރާތުގެ މަސައްކަތްތައް، އެ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައި ހިންގަމުން އަންނަ، މާލޭގެ ތައިސޭ ކޮއްޓަށް ބަދަލުކޮށްފި އެވެ.

ސިޓީ ކައުންސިލުން މިކަން ހާމަ ކޮށްފައި ވަނީ އެ އިދާރާއިން އެކްސަގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، 12 ޑިސެންބަރު 2024 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސިޓީ ކައުންސިލްގެ ދެ ސެކްޝަންކަމުގައިވާ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން އަދި ވައިޓަލް ރަޖިސްޓްރޭން ސެކްޝަން މިހާރު ހިންގަމުންދާނީ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުތަތްކާބެހޭ ބައި، ތައިސޭ ކޮށީގައި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަފައި ވަނީ 3 އިންމާރާތެއް ހުންނަ މާފަންނު ގްރީން ބިލްޑިންގަ އެވެ.

މާފަންނު ގްރީންގޭގައި ހިންގަމުންދިޔަ 3 މިނިސްޓްރީ އަކީ ހައުސިން މިނިސްޓްރީ ،ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމެންޓް މިނިސްޓްރީ އެވެ. އެ މިނިސްޓްރީތައް މިހާރު ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ.

ދާދިފަހުން ވަނީ މި އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ބޭރުގެ އިންވެސްޓިގޭޝަން ޓީމެއް ރާއްޖެ ގެނެސްފަ އެވެ. އަދި އެ ޓީމުގެ މަސައްކަތްތައް ވަނީ ނިންމާލާފަ އެވެ. ނަމަވެސް އެންމެ ފަހުންވެސް ފުލުހުންގެ އިދާރާއިން ބުނެފައިވަނީ އަދިވެސް ތަހުޤީޤް ނުނިމޭކަމަށެވެ.

ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގާދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.

ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ