ރާއްޖޭން އެދުމުން ދިފާއީ އާލާތްތައް ފޯރުކޮށްދޭން އިންޑިއާއިން އެއްބަސްވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިފާއީ އާލާތްތައް ފޯރުކޮށްދިނުމަށް ރާއްޖޭގެ ދިފާއީ ވަޒީރު ގައްސާން މައުމޫން އެދިވަޑައިގެންނެވުމުން އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގ އެއްބަސްވެ ވަޑައިގެންފި އެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ މިނިސްޓަރު ގައްސާން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑީއާގެ ޑިފެންސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ބޭއްވުނު ވަފުދު ފެންވަރުގެ މަޝްވަރާތަކުގެ ބައެކެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާޖްނާތު ސިންގ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރުފުޅުން ދެ ޤައުމުގެ ގުޅުމަށް އައު މަރުޙަލާއެއް ފެށިގެން ދިޔަ ކަމަށެވެ. އަދި މި ދަތުރުފުޅުގައި އެކުލަވާލެވުނު އެކުވެރިކަމުގެ ތަޞައްވުރު ލިޔުމަކީ ދެ ޤައުމުގެ ގުޅުމަށް މަގުދައްކައިދޭ މުހިންމު އަސާސެއްކަމުގައި ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ދިފާޢީ ވަޒީރު އިތުރަށް ފާހަގަކުރެއްވީ ދެ ޤައުމުގެ މެދުގައި އޮންނަ ދާއިމީ ރޫޙާނީ، ތާރީޚީ، ބަހުގެ އަދި ނަސްލީ ގުޅުންތަކުގެ މުހިންމުކަމެވެ. މި ގުޅުމަކީ ”ގާތް، އެކުވެރި އަދި ގިނަ ދާއިރާތަކަކަށް ފެތުރިފައިވާ“ ގުޅުމެއްކަމުގައި އޭނާ ސިފަކުރެއްވިއެވެ. އަދި އިންޑިއާގެ އަވަށްޓެރި ޤައުމުތަކަށް އިސްކަންދޭ ސިޔާސަތުގެ ތެރެއިން ދިވެހިރާއްޖެއަށް ލިބިފައިވާ ޚާއްޞަ މަޤާމު ފާހަގަކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޑިއާއާއި ދިވެހިރާއްޖެ އެކުގައި އަދާކުރާ މުހިންމު ދައުރުވެސް ސިންގ ފާހަގަކުރެއްވިއެވެ. ދެ ޤައުމުން ވެސް ސަރަޙައްދުގައި އެންމެންނަށް ސަލާމަތާއި ކުރިއެރުން (ސާގަރ) ގެ އޮނިގަނޑަށް ޙިއްޞާކުރާކަމާއި، މިއީ ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށް ދެ ޤައުމުން ވެސް ގެންގުޅޭ އެއް އަމާޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުން ދައްކުވައިދެނީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ވެސް ގެންގުޅޭ އަޒުމެވެ. އަދި ސަރަޙައްދީ ސަލާމަތާއި ކުރިއެރުމަށްޓަކައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމެވެ.

ރާއްޖެ - އިންޑިއާ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ