މިއީ މަސްވެރި ސިނާއަތުގެ ތަރައްގީގެ ވައުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު: މިނިސްޓަރ ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއީ މަސްވެރި ސިނާއަތުގެ ތަރައްގީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު ވައުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު ކަމުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވެފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެންމެ މަސްވެެރިން ގިނަ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވިއިރު ފާހަގަކުރެވުނު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންކަމާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންކަން މަސްވެެރި ކޮމިއުނިޓީތަކުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

ރައްޔިތުން ރައީސަށް އަރުވާ ޚިޔާލުފުޅުތައް ރައީސް ވެސް ވަރަށް ބޮޑަށް ގަބޫލުފުޅު ކުރައްވާކަން މިނިސްޓަރު ފާހަގަ ކުރައްވައިފައިވެ އެވެ.

2025 ވަނަ އަހަރަކީ މަސްވެރި ސިނާއަތުގެ ތަރައްގީގެ ރައީސްގެ އެންމެ މުހިއްމު ވައުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރައީސްގެ ދަތުރުފުޅުގައި ހުވަދު އަތޮޅު ދެކުނުބުރީގެ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫގެ ރައްޔިތުން ރައީސަށް ވިދާޅުވި ހޫނު މަރުހަބާއާއި ދެއްވި ފުރިހަމަ މެހުމާންދާރީއާއި، ބެހެއްޓެވި ގާތްކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ