އެމްޓީސީސީގެ މަޝްރޫއުތަކުގެ އަޕްޑޭޓް ވަގުތުން މިހާރު ބަލާލެވޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތާއި އަޕްޑޭޓު ފެންނަހެން ޕްރޮޖެކްޓް ޑޭޝްބޯޑެއް ތައާރަފުކޮށްފިއެވެ.

އެމްޓީސީސީއިން އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި އައު ޑޭޝްބޯޑަކީ ހާމަކަން ބޮޑު ގޮތެއްގައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ދަށުން ތައާރަފު ކުރެވުނު އައު ފީޗަރެއް ކަމަށެވެ. މި ޑޭޝްބޯޑު މެދުވެރިކޮށް އަތޮޅުތެރޭގައި އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކާއި، އެ ޕްރޮޖެކްޓުތައް ކުރިއަށް ގޮސްފައި ހުރި މިންވަރު، އަދި ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކުގެ މައުލޫމާތު ވެސް ފެންނަން ހުންނާނެއެވެ.

މި އައު ޑޭޝްބޯޑުގެ ސަބަބުން، ކޮންމެ ތަނެއްގައި ހުރެގެން ވެސް ރިއަލް ޓައިމްކޮށް އެމްޓީސީސީގެ ޕްރޮޖެކްޓުތަކުގެ އަޕްޑޭޓު ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ. ޑޭޝްބޯޑުގެ ހޯމްޕޭޖުގައި ދިވެހިރާއްޖޭގެ ޗާޓެއް ހިމެނިފައިވާއިރު، އެ ޗާޓުގައި އެމްޓީސީސީން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާ ރަށްތައް ފާހަގަކުރެވިފައި ހުންނާނެއެވެ.

ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ޑިޒައިންކުރެވިފައިވާ މި ޑޭޝްބޯޑުގައި، ކޮންމެ އަތޮޅަކަށް ކްލިކްކޮށްލުމުން އެ އަތޮޅެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އަދަދު ފެންނާނެއެވެ. އަދި އަތޮޅަށް ކްލިކްކުރުމުން އަތޮޅުގެ ޗާޓާއެކު ޕްރޮޖެކްޓު ކުރިއަށްގެންދާ ރަށްތައް ދައްކުވައިދޭނެއެވެ. މީގެއިތުރުން، ވަކި ރަށަކަށް ކްލިކްކޮށްލުމުން އެ ރަށެއްގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތަފްސީލީ މައުލޫމާތު ލިބޭނެއެވެ.

އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ޑޭޝްބޯޑުގައި މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދާއި، މަސައްކަތުގެ ސްކޯޕު، މަޝްރޫއުގެ އަގު އަދި މަސައްކަތް ގޮސްފައިވާ މިންވަރު ވެސް ފެންނަން ހުންނާނެއެވެ. މި ހުރިހާ މައުލޫމާތަކީ ވެސް އެމްޓީސީސީގެ އޮންލައިން ޕްރޮޖެކްޓު މެނޭޖުމެންޓު ސިސްޓަމު މެދުވެރިކޮށް ވަގުތުން އަޕްޑޭޓު ކުރެވޭ މައުލޫމާތު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

 

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ