މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެންނަން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ރަށްރަށުގައި ކުރިއަައި ކުރިއަށްދާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، އަތޮޅުތެރެއައް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ގދ. ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެޓީރިއަލް އަދި ފައިސާގެ ތާށިކަމާހެދި މަޑުޖެހިފައިހުރި މަޝްރޫޢުތައް އަލުން ފެށްޓެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިދިޔަ ހަފުތާ ތެރޭގައި ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ބައްދަލުކުރައްވައި، ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާ ކަމަށާއި މިކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖައްސައިދީފައިވާނެކަން ފާހަގަކުރެއްވިއެވެ.

ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރަތަފަންދޫގެ ތަރައްޤީއަށް ސަރުކާރުން ރާވައި ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކުރެއްވިއެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު އަލުން ފަށްޓަވައި، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު، އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރުން، އަދި ކުނި މެނޭޖްކުރުމުގެ މަރުކަޒެއް ޤާއިމުކުރުން ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރު ތެރޭގައި ރަތަފަންދޫއަށް ބޭނުންވާ ގިނަ ކަންކަން ފެށޭނެ ކަމަށާއި އެކަންކަމަށް ސަރުކާރުން ވަރަށް އިސްކަންދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަތަފަންދޫގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ކުރިއެރުން ފާހަގަކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ނަތީޖާ ނެރެދެއްވުމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ޞިއްޙީ މަރުކަޒާއި ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ވަޒަންކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގދ. ރަތަފަންދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ