އަސްކަރީ ގުޅުން ބަދަހި ކުރުމަށް މިނިސްޓަރު ގައްސާން އިންޑިއާއާއެކު މަޝްވަރާ ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އަސްކަރީ ގުޅުން ވަރުގަދަ ކުރުމުގެ މަޝްވަރާތަކެއް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ކުރިއަށް ގެންދަވަން ނިންމަވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދާނީ އިންޑިއާއަށް މިނިސްޓަރު ގައްސާން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއު ދިއްލީގައި ކުރިއަށްދާ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމަށް މިހާރު ދެ ބޭފުޅުންވެސް ހާޒިރުވެފައިވާ އިރު އިންޑިއާ ސިފައިންގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އިންޑީއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތް ސިންހް އާއެކު މަޝްވަރާތައް ކުރިއަށް ގެންދެވުމަށް މިނިސްޓަރު ގައްސާން ވަޑައިގެންނެވުމުން އިންޑިއާގެ ސިފައިން ވަނީ ގައްސާންއަށް ރަތް ދޫލާއިގައި މަރުހަބާ ދަންނަވާފަ އެވެ.

އިންޑިއާއާއެކު އޮތް ގުޅުން ހަރުދަނާ ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީއާއި ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި އިންޑިއާގެ ފަރާތުން ރާއްޖެއަށް ވަނީ ގިނަ އެހީތަކެއް އެ ދަތުރުފުޅުގެ ތެރެއިން ހޯދިފަ އެވެ.

ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ