ހޫދު ބަންދުން ދޫކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި ފުލުހުންނާއި، އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ޤައުމެއްގެ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ޓެރަރިސްޓް ޖަމާއަތް އައިއެސްގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ތުހުމަތުކޮށް ރާއްޖެއިން ހައްޔަރުކޮށް ދައުވާކޮށްފައިވާ ހޫދު މުހައްމަދު ޒާހިރު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ފަސް ދައުވާއެއް ކޮށްފައިވެއެވެ. މި ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ހޫދު ބަންދު ކޮށްފައިވަނީ 19 އޭޕްރިލް 2022 ގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ހޫދުގެ ފަރާތުން ހުށަހެޅި ސިޓީއަކާ ގުޅިގެން، 2024 އޮކްޓޫބަރު 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކަނޑައެޅި އަމުރު 60 ދުވަހަށް ސަސްޕެންޑްކޮށް، ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފަ އެވެ. އަދި އެ އަމުރުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހޫދުގެ ފަރާތުން 8 ޑިސެމްބަރުގައި ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ އިތުރު 60 ދުވަހަށް ހޫދު ބަންދުން ދޫކޮށްލުމަށް ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެ އެވެ. އަދި އެދިފައިވަނީ ހޫދު ބަންދުން ދޫކުރުމުގެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ، ހޫދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކަމަށާއި ނަމަވެސް އޭނާގެ ބަންދު މުރާޖައާކޮށް ދޫކޮށްލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންކަން ފާހަގަކުރައްވާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ، ހާއްސަ އިޖުރާއަތެއްގެ ދަށުން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖައާކޮށް އަލުން ގޮތެއް ކަނޑައަޅަންޖެހޭނީވެސް އެ ހާއްސަ ޤާނޫނުގެ ދަށުން ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއްގެ ބަންދު މުރާޖައާކުރުމަށް ހުށަހެޅޭނީ ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހޫދުގެ ބަންދު މުރާޖައާ ކޮށްފައިވަނީ ރަނގަޅު އިޖުރާއަތެއްގެ ތެރެއިން ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެހެންކަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާހުން ޖެނުއަރީ 6 ވަނަ ދުވަހު ވަނީ، ހޫދު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްފަ އެވެ. ހައިކޯޓުގައި މިމައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، އިސްފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ.

ހޫދު މުހައްމަދު ޒާހިރުގެެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލު:

  • އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ: މި ދައުވާ އުފުލާފައިވަނީ، ހޫދުގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީ.
  • އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުންގެ ދައުވާ: މި ދައުވާ އުފުލާފައިވަނީ، އިސްލާމިކް ސްޓޭޓް ޖަމާއަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީ.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާ: މި ދައުވާ އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ: މި ދައުވާ އުފުލާފައިވަނީ، އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށްފައިވާތީ.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ.

ހައި ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ