މާމިގިލި ކައުންސިލަށް ރައްޔިތުން ވަދެގެންފި، ޝަކުވާއަކީ ގޯތި ނުލިބުން

Advertisement

Advertisement

އެންމެ ފަސް

Advertisement

އދ. މާމިގިލި ކައުންސިލް އިދާރާއަށް އެރަށުގެ ރައްޔިތުން ވަދެގެންފި އެވެ.

މާމިގިލި ރައްޔިތުން އެރަށު ކައުންސިލަށް ވަދެފައިވަނީ އެރަށުން ރައްޔިތުންނަށް ގޯތި ދޭނެކަމަށް ބުނެ އެކަން ކުރިއަށް ނުދާތީއާއި ވަކި މީހެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކައުންސިލުން މަސައްކަތް ކުރާކަމަށް ބުނެ އެވެ.

ޖަވިޔަނި ނޫހަށް މައުލޫމާތު ދެމުން އެރަށުގެ ރައްޔިތަކު ވަނީ އެރަށުން ގޯތި ދިނުމުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ކައުންސިލުން ބުނި ނަމަވެސް އެކަން އަދިވެސް ކުރިއަށް ނުގޮސް އޮތްކަން ފަޅާ އަރާފައިވާކަމަށް ބުނެފަ އެވެ.

ރައްޔިތުންނަށް ގޯތި ދޭނެކަމަށް ބުނެ ހުސް ދޮގު ކައުންސިލުން ހަދަނީ. 99 އިންސައްތަ މަސައްކަތް ނިމިއްޖޭ ކިޔާފަވެސް ހުސް ދޮގު ހެދީ. އެކަން ފަޅާ އަރައިފި. ގޯތި ކޮމިޓީއާ ކައުންސިލުން ބައްދަލުވެސް ނުކުރޭ އަދި. އެކަމަކު ވަކި މީހަކަށް ބިން ދޭން ވީމަ ވަރަށް އަވަހަށް އެކަން ކުރޭ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް.

މާމިގިލި ކައުންސިލުގެ މެޖޯރިޓީ މެންބަރުންނަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސް އިމާދް ފާރޫގްވެސް ހިމެނެ އެވެ.

މާމިގިލިން ޖަވިޔަނި ނޫހަށް މައުލޫމާތު މީހާ ވަނީ ކައުންސިލް ރައީސް އިމާދުއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން މިއަދުވެސް އެ މަސައްކަތް ނުކުރުމަށް އިމާދު އެތަށް އުޒުރެއް ދައްކަމުންދާކަމަށް ތުހުމަތު ކުރި އެވެ.

މާމިގިލި ކައުންސިލުން ކޮންމެ އަހަރު ކުރިއަށް ގެންދާ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މިއަދު އޮތްކަން ފާހަގަކޮށް އޭނާ ވަނީ މިކަމަށް ހައްލެއް ނުލިބޭނަމަ ދަނޑަށް އަރަށް ރައްޔިތުން ތައްޔާރަށް ތިބިކަމަށް ބުނެފަ އެވެ.

މާމިގިލި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ