އިމިގްރޭޝަން ވޮޗް: 1000 އަށް ވުރެން ގިނަ މައްސަލަ ބަލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިމިގްރޭޝަނުން ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ހުޅުވާލި ”އިމިގްރޭޝަން ވޮޗް“ އަށް ހުށަހެޅިގެން 1،000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލައި ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ތަޢާރަފުކުރި މި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، އެ ޕޯޓަލް އިފްތިތާޙުކުރި ދުވަހުން ފެށިގެން މިދިޔަ މަހާ ހަމައަށް ޖުމްލަ 1،061 މައްސަލަ ބަލާފައިވެއެވެ. މީގެ އިތުރުން، އޭގެ ކުރީ މަހާ ހަމައަށް 1،017 މައްސަލަ މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ހުށައަޅާފައިވާ މައްސަލަތަކަކީ؛

  • ވޯކް ވިސާއާ ގުޅޭ 239 މައްސަލަ
  • ހަށިވިއްކުމުގެ 65 މައްސަލަ
  • ވަޒީފާއަށް ފިލުމުގެ 41 މައްސަލަ
  • ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލަ
  • އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލަ
  • ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލަ
  • އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ
  • މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލަ
  • އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލަ
  • ހިއުމަން ޓްރެފިކިންގެ 7 މައްސަލަ،
  • ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަ
  • ޤާނޫނާއި ގަވައިދާއި ޚިލާފަށް ވިޔަފާރިކުރާ 239 މައްސަލަތައްކަމަށް

އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ޝަމްޢާން ވިދާޅުވެފައިވަނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މި ގޮތުން ފެށި ޚާއްސަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ޝަމްޢާން ފާހަގަކުރެއްވިއެވެ.

”އިމިގްރޭޝަން ވޮޗް“ ޕޯޓަލްގެ މަޤްޞަދަކީ ބިދޭސީންނާ ގުޅޭ މައްސަލަތައް ފަސޭހަކަމާއެކު ރިޕޯޓުކުރުމުގެ ފުރުޞަތު ޢާންމުންނަށް ހޯދައިދިނުމެވެ. މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް އިމިގްރޭޝަނުން ބަލައި، އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.

އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ