އަންނަ ހަފްތާ ދިވެހި ކުންފުނިތަކަށް ދޭން ޖެހޭ 500 މިލިއަން ދޭނަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރު ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ފައިސާ ދޭނެކަމަށް ބުނެ ކުރުވާފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 500 މިލިއަން ރުފިޔާ އަންނަ ހަފްތާގެ ތެރޭގައި ދޫކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގދ. ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔަ އިރު މިފަދަ އެތަށް ކުންފުންޏަކަށް އެތަށް ފައިސާއެއް ނުދީ ހުރި ކަމަށެވެ.

އަންނަ ހަފްތާގައި ސަރުކާރުން 500 މިލިއަން ރުފިޔާ އެބަ ދޫކުރަން ދިވެހި ކުންފުނިތަކަށް. މީގެތެރޭގައި ކުދި އަދި މެދުފަންތީގެ ކުންފުނިތައް ހިމެނޭ. ސަރުކާރުން މަސައްކަތްކުރުވާފައި ފައިސާ ނުދީ އެތައް ކުންފުންޏެއް އެބަހުރި.

މީގެ އިތުރުން ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވަނީ ރޯދަ މަސް އައުމުގެ ކުރިން މި ހިނގާ ޖެނުއަރީ މަހާއި އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ނުދީ ހުރި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ފެނަކަ، އާރްޑީސީ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުން، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަސައްކަތްކުރުވާފައި ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ފައިސާވެސް ދައްކަމުން ގައުމަށް ތަރައްގީ ގެނައުން ކަމަށެވެ. އަދި އެކަން ކުރާނީ ފައިސާ ޗާޕުނުކޮށްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ