އެކްސިޑެންޓް ހިނގީ ޑްރައިވަރަށް ކުރިމަތިވި ސިއްހީ ހާލަތެއްގެ ސަބަބުން: އެމްއޭސީއެލް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެއާޕޯޓުގައި އެކްސިޑެންޓް ހިނގާފައިވަނީ ކާރު ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމަންޓްތަކުން ލަފާކުރެވޭ ކަމަށެވެ. މި ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ކާރަކާއި ޕިކަޕެއް ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު އެވެ.

ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި ކާރު ދުއްވި ފަރާތަށް އަނިޔާވެ، ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައިވެ އެވެ. އަދި ކާރުގެ ފަހަތުގައި އިން މީހަކަށްވެސް އަނިޔާވެ، އޭނާއަށް އެއަރޕޯޓު ކްލިނިކުގައި ފަރުވާ ދެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެހެން އިތުރު މީހަކަށް އަނިޔާވެފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި އެކްސިޑެންޓް ހިނގަން ދިމާވި ސަބަބު ބަލަމުންދާއިރު، އަދި އެކަން ހާމަކޮށްފައެއް ނުވެ އެވެ.

އެކްސިޑެންޓް އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ