ވެލާނާ އެއާޕޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މި ހާދިސާގައި ކާރު ދުއްވި ފަރާތަށް އަނިޔާވެ، ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.

ފުލުހުންގެ ބުނީ، މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން މީހަކަށް ވެސް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް އެއަރޕޯޓު ކްލިނިކުގައި ފަރުވާ ދެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެހެން މީހަކަށް އަނިޔާވެފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި އެކްސިޑެންޓް ހިނގަން ދިމާވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެކްސިޑެންޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ