ވައިޑް ބޮޑީ ދެވަނަ ބޯޓު އޮކްޓޫބަރުގައި އުދުހޭނެ: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑީވިއަންގެ ފްލީޓަށް ވައިޑް ބޮޑީ ދެވަނަ ބޯޓު އިތުރު ކުރެވި އޮކްޓޫބަރު މަހުގެ ތެރޭގައި އުދުހެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އެއާބަސް އޭ-330 މަރުކާގެ މަތިންދާ ބޯޓެއް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށެވެ.

މިއީ ފެށުމެއް. އިރާދަ ކުރެއްވިއްޔާ މިއަދު ފުރަތަމަ ބޯޓު އައި ކަމުގައި ވިޔަސް މީގެ ދެވަނަ ބޯޓު މިއަހަރު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުދުހެން ފަށާނެ. އެކަމުގެ ޔަގީންކަން އަރުވަން.

މޯލްޑިވިއަންއަށް ވައިޑް ބޮޑީ 2 މަތިންދާ ބޯޓު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅާއެއްގޮތަށް މިއަދު ރާއްޖެއަށް ގެނެސްފައިވަނީ މީގެ ތެރެއިން އެއް ބޯޓެވެ. މިއީ ޑިސެމްބަރު 17، 2023 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކާއެކު ފެށި މަސައްކަތެކެވެ. އެގޮތުން އެ ދުވަހުން ފެށިގެން އައިއޭއެސްއިން ވަނީ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

މޯލްޑިވިއަންއަށް ވައިޑް ބޯޑީ މަތިންދާ ބޯޓެއް ހޯދުމަށް ކުރެވުނު މަސައްކަތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ބޯޓެއް ހޯދާފަ އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި އެއާކްރާފްޓް ލީސް އެގްރީމެންޓްގައި ސޮއި ކުރި އެވެ. އަދި މަތިންދާ ބޯޓުގެ ޓެކްނިކަލް މަސައްކަތްތައް ޔޫރަޕުގައި ފުރިހަމަކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓް ފްލައިޓް ފުރިހަމަކޮށްފަ އެވެ.

މޯލްޑިވިއަންއިން އަލަށް ތައާރަފް ކުރި އެއާބަސް އޭ-330 މަރުކާގެ މަތިންދާ ބޯޓުގެ ޕެއިންޓްގެ ކަންކަންކޮށްފައިވަނީ ސިންގަޕޫރުގަ އެވެ. އެއަށްފަހު ރާއްޖެއަށް މި މަތިންދާ ބޯޓު ރަޖިސްޓާކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ