”މޯލްޑިވިއަންގެ ނަން ދުނިޔޭގެ ޗާޓުގައި ފަވާލެވުނީ ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅުގެ ސަބަބުން“

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ނަން ދުނިޔޭގެ ޗާޓުގައި މިއަދު ފަވާލެވިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅުގެ ސަބަބުންކަމަށް މޯލްޑިވިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ އެމްޑީ އިބްރާހިމް އިލްޔާސް ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އެއާބަސް އޭ-330 މަރުކާގެ މަތިންދާ ބޯޓެއް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިލްޔާސް ވިދާޅުވީ މި މަސައްކަތް މިހާ ފުރިހަމަކަމާއެކު ފަށައިގެން ނިންމާލެވުނީ ރައީސް މުއިއްޒުގެ ފުރިހަމަ އެހީތެރިކަމާއި އިރުޝާދާ އެކު ކަމަށެވެ.

މިއަދު ގައުމީ އެއާލައިންގެ ނަން ދުނިޔޭގެ ޗާޓުގައި އިތުރަށް ފަވާލެވިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއި، މި ކުންފުންޏާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރުގެ ސަބަބުން. މި މަޝްރޫ މިހާ ފުރިހަމަ ގޮތެއްގައި ފަށައިގެން މި ނިންމާލެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ އެހީތެރިކަމާއި އިރުޝާދާ އެކު.

މޯލްޑިވިއަންއަށް ވައިޑް ބޮޑީ 2 މަތިންދާ ބޯޓު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅާއެއްގޮތަށް މިއަދު ރާއްޖެއަށް ގެނެސްފައިވަނީ މީގެ ތެރެއިން އެއް ބޯޓެވެ. މިއީ ޑިސެމްބަރު 17، 2023 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކާއެކު ފެށި މަސައްކަތެކެވެ. އެގޮތުން އެ ދުވަހުން ފެށިގެން އައިއޭއެސްއިން ވަނީ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

މޯލްޑިވިއަންއަށް ވައިޑް ބޯޑީ މަތިންދާ ބޯޓެއް ހޯދުމަށް ކުރެވުނު މަސައްކަތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ބޯޓެއް ހޯދާފަ އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި އެއާކްރާފްޓް ލީސް އެގްރީމެންޓްގައި ސޮއި ކުރި އެވެ. އަދި މަތިންދާ ބޯޓުގެ ޓެކްނިކަލް މަސައްކަތްތައް ޔޫރަޕުގައި ފުރިހަމަކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓް ފްލައިޓް ފުރިހަމަކޮށްފަ އެވެ.

މޯލްޑިވިއަންއިން އަލަށް ތައާރަފް ކުރި އެއާބަސް އޭ-330 މަރުކާގެ މަތިންދާ ބޯޓުގެ ޕެއިންޓްގެ ކަންކަންކޮށްފައިވަނީ ސިންގަޕޫރުގަ އެވެ. އެއަށްފަހު ރާއްޖެއަށް މި މަތިންދާ ބޯޓު ރަޖިސްޓާކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ވަޒީރުންގެ މަޖިލިސް މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ