ރޭދަންވަރުގެ ވަގުތެއްގައި ގ. ގުފްރިޔާގޭގެ އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެކަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިގޭގައި ދިރިއުޅުނު މީހުންގެ ތެރެއިން އެހީތެރިކަން ބޭނުންވި 1 ފަރާތަކަށް 1 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭއިން ހަމަޖައްސައިދީފައިވާ ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީވަނީ މި އަލިފާނުގެ ހާދިސާ ރިޕޯޓު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ރޭ ދަންވަރު 00:01 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.
އަލިފާނުގެ ހާދިސާ އެމްއެންޑީއެފް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)