ބަންގްލަދޭޝް އަދި ޖަޕާނުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ބޮޑެތި ފުރުސަތުތަކެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝް އަދި ޖަޕާނުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ހުޅުވާލާފި އެވެ.

ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ބަންގްލަދޭޝްގެ ފަރާތުން ”ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025“ ގެ ނަމުގައި ޖުމްލަ 14 ސްކޮލަރޝިޕްގެ ފުރުޞަތެއް  ހުޅުވާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 7 ބެޗްލަރސް ޑިގްރީ، 6 އެމްބީބީއެސް އަދި 1 ބީޑީއެސްގެ ފުރުޞަތެވެ.

މި ޕްރޮގްރާމަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 14 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

ހަމައެއާއެކު، ޖަޕާނުގެ ”ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025“ ގެ ދަށުން 24 ޔުނިވާސިޓީއެއްގެ މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއްކަމުގައި ނުވުމާއި، އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގެ 3 އަހަރު ކުރިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި، ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އަދި ވޯލްޑް ބޭންކްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.

މި ޕްރޮގްރާމަށް ހުށަހެޅުމުގެ ދެ ސުންގަނޑިއެއް ވަނީ ކަނޑައަޅާފައެވެ. ފުރަތަމަ ސުންގަނޑިއަކީ 13 ޖަނަވަރީ އިން ފެށިގެން 28 ފެބްރުއަރީ 2025 ގެ ނިޔަލަށެވެ. ދެވަނަ ސުންގަނޑިއަކީ 25 މާރިޗް 2025 އިން ފެށިގެން 23 މެއި 2025 ގެ ނިޔަލަށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ