އާރްޑީސީގެ ބިނާވެހި ޕްރޮގްރާމްގެ ތިންވަނަ ބުރު ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށް ގެންދާ ބިނާވެހި-އިންޓަރންޝިޕް ޕްރޮގްރާމްގެ ތިންވަނަ ބުރު ފަށައިފި އެވެ. މި ޕްރޮގްރާމްގައި 5 ބައިވެރިން ބައިވެރިވެފައިވާ ކަމަށް އާރްޑީސީން މަޢުލޫމާތު ދީފައިވެ އެވެ.

ހަމަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމަކީ 16 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސާނަވީ އިމްތިޙާނަށްފަހު މަތީ ސާނަވީ ތަޢުލީމު ފެށުމާ ދެމެދު ނުވަތަ މަތީ ސާނަވީ އިމްތިޙާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އަދި ތަޢުލީމީ މަރުކަޒުތަކަށް ޙާޟިރުނުވާ ފަރާތްތަކަށް، އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމެވެ.

އާރްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ މުހިންމު މަޤްޞަދެއްގެ ގޮތުގައި އާރްޑީސީން ފާހަގަކޮށްފައިވަނީ މަސައްކަތުގެ މާޙައުލަށް ދަރިވަރުން ހޭނުވައި، މަސައްކަތުގެ މާޙައުލަށް ނިކުންނައިރު ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

ބިނާވެހި ޕްރޮގްރާމްގެ ބައިވެރިންނަށް މަސައްކަތްކުރެވޭނެ ދާއިރާތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އަދި އެޗް.އާރް ހިމެނެއެވެ. މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާތަކުންވެސް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އާރްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ