ރާއްޖޭގައި ކުރެވޭ އޮޕަރޭޝަންތަކުގެ އަދަދު އިތުރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަންތަކުގެ އަދަދު މިދިޔަ އަހަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 16،089 އޮޕަރޭޝަން ކުރި އިރު، 2023 ވަނަ އަހަރު މި އަދަދު 20،593 އަށް އަރާފައިވެ އެވެ. މިއީ 28 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލެ ސަރަޙައްދުގައި، ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް، 2023 ވަނަ އަހަރު 16،163 އޮޕަރޭޝަން ކުރި އެވެ. މާލެ ފިޔަވައި އެންމެ ގިނަ އޮޕަރޭޝަން ކުރެވުނީ އައްޑޫ އަތޮޅުގަ އެވެ. އައްޑު އަތޮޅުގައި 1،031 އޮޕަރޭޝަން ކުރި އެވެ. މިއީ އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތް ރަނގަޅުވަމުން އަންނަކަމުގެ ހެއްކެކެވެ. އަދި ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ 71 އިންސައްތަ ހިއްސާކޮށްފައި ވަނީ ޓަރޝަރީ ހޮސްޕިޓަލްތަކުން ކުރި އޮޕަރޭޝަންތަކެވެ.

2023 ވަނަ އަހަރު ވަނީ ފިރިހެނުންގެ 10،301 އޮޕަރޭޝަން ކޮށްފަ އެވެ. އަދި އަންހެނުންގެ 10،292 އޮޕަރޭޝަން ކުރިއެވެ. މީގެ އިތުރުން ކާޑިއޯވެސްކިއުލަރ އޮޕަރޭޝަންތަކުގެ 76 އިންސައްތަ ހިއްސާކުރަނީ ފިރިހެނުންނެވެ.

އަމިއްލަ ހޮސްޕިޓަލްތަކުން ކުރި އޮޕަރޭޝަންތަކުގެ އަދަދުވެސް އިތުރުވެފައިވެ އެވެ. 2023 ވަނަ އަހަރު ކުރި އޮޕަރޭޝަންތަކުގެ 47 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ހޮސްޕިޓަލްތަކެވެ. އޭގެ ތެރޭގައި ނިއުރޯސަރޖަރީ އާއި ޑަރމެޓޮލޮޖީ ހިމެނެ އެވެ.

މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ