ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު އައްޔަންކޮށްފި އެވެ.
ފަޔާޒް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. އޭނާ އެޗްޑީސީގެ މަސައްކަތަށް ނުކުމެވަޑައިގަތީ އިއްޔެ އެވެ.
ފަޔާޒަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން އެޗްޑީސީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އެގޮތުން، ކުރެހުމާއި ޑިޒައިން ކުރުމުގެ މަސައްކަތްކުރާ ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ފަޔާޒަކީ ކުއަންޓިޓި ސާވޭއިންގެ ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން، ބިލްޑިން ސައިންސްއިން ފަޔާޒް ވަނީ މާސްޓާސް ހައްދަވައިފަ އެވެ.