އިންޑިއާގެ އާ ސަފީރު، ސަފީރު ކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ ގަންގަދަރަން ބާލާސުބްރަމާނިއަން އެވެ. މިއީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިންޑިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒުއަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އަދި އިންޑިއާ ސަފީރު ވަނީ ތަރައްޤީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި، އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިންޑީއާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައެޅުމުގެ ކުރިން އެ މަގާމުގައި ހުންނެވީ މުނޫ މަހާވަރު އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރު އެވެ.

އިންޑިއާ އަދި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންގެންދާއިރު ނުހަނު ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި މި ހަފުތާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންވެސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ