ބިޕާޝާ ބާސޫ 45 ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖޭގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫގެ 45 ވަނަ އުފަންދުވަސް މިއަހަރު ފާހަގަކުރަނީ ދިވެހިރާއްޖޭގަ އެވެ. މިމަހުގެ 7 ވަނަ ދުވަހަކީ ބިޕާޝާގެ އުފަންދުވަސް ކަމަށްވާއިރު، އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ބިޕާޝާ ރާއްޖެ އައިސްފައިވާކަން ހާމަވެފައިވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަކުންނާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާގެ ސްޓޯރީއިންނެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ބިޕާޝާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އާއި އެމީހުންގެ ދަރިފުޅުވެސް ވަނީ މިދަތުރުގައި ބައިވެރިވެފައެވެ.

އެދެމަފިރިންގެ އިންސްޓަގްރާމް ސްޓޯރީތަކުން ދައްކާގޮތުގައި، ބިޕާޝާގެ އުފަންދުވަސް ފާހަގަކުރަން ކުރާ މިދަތުރުގައި އެއާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޅ. އަތޮޅުގައި ހުންނަ ފުޝިފަރު މޯލްޑިވްސް ރިސޯޓުގައެވެ. ކަރަން ވަނީ އެ ރިސޯޓުން މިއާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ބިޕާޝާ ވަނީ އޭނާގެ ދަރިފުޅު ދޭވީ އެ ރިސޯޓުގެ ހިތްގައިމު ގޮނޑުދޮށުގައި ކުޅޭ މަންޒަރު ފެންނަ ފޮޓޯއެއްވެސް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން ބިޕާޝާއާއި ކަރަންއަކީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ތަރިންގެ ތެރޭގައި ހިމެނޭ ދެމަފިރިންނެވެ. ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން އިންޑިއާގެ ބައެއް ފިލްމީ ތަރިން ކެމްޕޭން ކުރަމުންދިޔަ ދަނޑިވަޅުގައިވެސް ބިޕާޝާ ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފާއިތުވި އަހަރުވެސް ބިޕާޝާ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ބޮލީވުޑް އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ