ފަސް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

Advertisement

އެންމެ ފަސް

Advertisement

ފަސް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ނެރުނު މި ސަމާލުގައި ވަނީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓްގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ސަމާލުގެ މުއްދަތަކީ މިރޭ 19:15 އިން ފެށިގެން 23:00 އާ ހަމައަށެވެ.

މެޓުން ނެރުނު ރީނދޫ ސަމާލު

މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި މަސްވެރިންނަށް ސަމާލުވުމަށް މެޓްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި މި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައިވެއެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މޫސުން

ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވެ އެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވެ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ