ބޮޑު ކެރީގައި ގެއްލުން ލިބުނު 137 ތަނުގެ ތެރެއިން 92 ގޭގެ އެސެސްމަންޓް ނިމިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ހުކުރު ދުވަހު މާލެއާއި އަތޮޅުތަކަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 137 ތަނުގެ ތެރެއިން 92 ގޭގެ ލިބުނު ގެއްލުމުގެ އެސެސްމަންޓްތައް ހަދައި ނިންމައިފި އެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، 3 ޖަނަވަރީ 2024 ގައި މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ގެއްލުމުގެ އެސެސްމަންޓް ހަދަން ޖެހޭކަމަށް ފާހަގަކުރެވުނު 137 ތަނުގެ ތެރެއިން މިހާތަނަށް 92 ގޭގެ އެސެސްމަންޓް ވަނީ ނިންމާފައެވެ.

އެކި ސަބަބުތަކާ ހުރެ އަކާ ހުރެ އަދި ނުނިމި ހުރި 45 ގޭގެ އެސެސްމަންޓް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހި ފައެވެ. މި މަސައްކަތް އަވަސް މުއްދަތެއްގައި ނިންމުމަށް އެންޑީއެމްއޭ އިން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެ އެވެ.

އެދުވަހު ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގިނަ ގޭގެއަށް ފެން ވަނުމާ ގުޅިގެން 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭ އިން ވަނީ މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، މާލޭގައި ފެންބޮޑުވެގެން އެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން ވެލިބަސްތާ ޖެހުމަށް އެދި 554 ރިކުއެސްޓް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވެއެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ