ހައްޖު އުސޫލަށް ގެނެވުނު ބަދަލުން އުމުރުން ދުވަސްވީ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ: ޝަކީލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގެންނެވި ބަދަލުގެ ސަބަބުން، އުމުރުން ދުވަސްވީ ފަރާތްތަކުގެ އިންތިޒާރަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް މުޢިއްޒު މިއަދު ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށްޓަކައި ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

”ޝުކުރިއްޔާ ރައީސް. މި ނިންމެވުމުގެ ސަބަބުން އުމުރުން ދުވަސްވީ ފަރާތްތަކުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރަމުން އައި އިންތިޒާރަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ،“ ޝަކީލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެންނަވަން ނިންމައިފަ އެވެ. މި ނިންމެވުމާއެކު، މިއަންނަ އަހަރުން ފެށިގެން އަލަށް ޙައްޖުވާ މީހުންނަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުވެގެންދާނެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ އުސޫލަށް ރައީސް ގެންނެވި ބަދަލުތައް؛

  1. އަލަށް ޙައްޖަށް ދާން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
  2. 65 އަހަރުން މަތީގެ، ކުރިން ޙައްޖު ނުކުރާ ފަރާތްތަކަށް ވަކި އިންސައްތައެއް ޚާއްޞަކުރުން.
  3. 75 އަހަރުން މަތީގެ، ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ކުރިން ޙައްޖުކޮށްފައިވާ ފަރާތްތަކަށް 5 އަހަރު ފަހުން އަލުން ފުރުޞަތު ދިނުން.
  5. ޙައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތެރިން މި ގަވާއިދުތަކުން އިސްތިސްނާކުރުން.

ރައީސް ޑރ. މުއިއްޒު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. މި އާ އުސޫލު ތަންފީޒުކުރަން ފެށުމުން، ރާއްޖޭގެ ޙައްޖު ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކުގެ އުމުރުފުރާގައި ބަދަލުތަކެއް އަންނާނެ އެވެ.

ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ