މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %9 ކުރިއެރުމެއް

Advertisement

އެންމެ ފަސް

Advertisement

2024 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %9 އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސަރުކާރުން 2024 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ހާސިލްކުރަން ބޭނުންވި އަމާޒުކަމަށްވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒު މިދިޔަ ޑިސެމްބަރުމަހު ވަނީ ޙާސިލުވެފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ރާއްޖެއަށް 2،047،435 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %9 އިތުރުވުމެކެވެ. 2023 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1،878،543 ފަތުރުވެރިންނެވެ.

2024 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުން ވަނީ ގިނަ ރެކޯޑްތަކެއް ހަދާފަ އެވެ.

މިދިޔަ އަހަރަކީ އެއް ދުވަހެއްގައި އަދި އެއް މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އެއީ 217،392 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ