ހަށި ވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބަޔަކު އިމިގުރޭޝަނުން އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީންތަކެއް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހަށިވިއްކަމުންދާ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.

އިމިގުރޭޝަނުން ބުނީ، އެ އޮޕަރޭޝަންތަކުގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހުންނާއި، ރަޝިއާ ދެމީހުން އަދި ޔުގާންޑާ މީހެއް ކަމަށެވެ.

އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން 02 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށްވެސް އިމިގުރޭޝަނުން ބުނެފައިވެ އެވެ. އަދި ބާކީ 05 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގުރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަ އުޅެމުންދާ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް އެތައް ބަޔަކު ރާއްޖެއިން ޑީޕޯޓްވެސް ކޮށްފައިވެ އެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ