އުތުރުގެ ރަށްތަކަށް އުދާއިގެ އަސަރު ކޮށްފާނެ: މެޓު

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓުއިން ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށާއި، މިއަދުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުއިން ވަނީ ލަފާކޮށްފަ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނު ރަށްތަކުގެ ތަފްސީލު މެޓުއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެންމެ ގިނައިން ވާރޭވެހިފައިވަނީ އަލިފުށްޓަށެވެ. އެ ރަށަށް 113.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ ކ. ގާފަރަށެވެ. އެ ރަށަށް 16.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ތިންވަނައަށް އެންމެ ބޯކޮށް ވާރޭވެހުނު ލ. މާވަށަށް 12.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މިއަހަރުގެ އިރުވައި މޫސުން ފެށިފައިވަނީ ރާއްޖެއަށް ލަހުން ކަމަށް މެޓުއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިއަހަރުގެ އިރުވައި މޫސުން ފެށުނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ