މިޑް ބްރޭކް ނިމި ދަރިވަރުން އަނބުރާ ސްކޫލްތަކަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދެވަނަ ޓާމުގެ މިޑް ބްރޭކަށްފަހު، އަލުން ކިޔެވުން ފަށައިފި އެވެ.

ދެވަނަ ޓާމްގެ މިޑް ބްރޭކް ފެށުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ. ފެމިޑް ބްރޭކް ޗުއްޓީގައި ދަރިވަރުންނަށް 15 ދުވަހުގެ ޗުއްޓީއެއް ވަނީ ލިބިފަ އެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމު ފެށިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 6 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށްދާ ދިރާސީ އަހަރުގައި ޖުމްލަ 96،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުންދެއެވެ. މީގެ ތެރޭގައި 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުން ހިމެނެއެވެ.

މި އަހަރު ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންދާއިރު، 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދެއެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެމުންދާކަން ފާހަގަކުރެވެއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ދަރިވަރުން ދާނީ މި އަހަރުގެ މާރޗް 6 ވަނަ ދުވަހުއެވެ. މި ޗުއްޓީ ދިމާވަނީ ރަމަޟާން މަހާއެވެ. އަދި 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ.

ސަރުކާރުގެ އަމާޒަކީ ދިރާސީ އަހަރު އަލުން ޖެނުއަރީ މަހަށް ބަދަލުކުރުމެވެ. މިހާރު އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފެށުމަށް ބަދަލުކުރެވުނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް، ގިނަ ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ ޖެނުއަރީ މަހު ދިރާސީ އަހަރު ފެށުމަށްކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ