ކޮންމެ އަހަރަކު ވެސް ރޯދަ މަހާއި ގުޅިގެން ސައުދީ އިން ހަދިޔާ ކުރާ ކަދުރު މިހާރު ރާއްޖެއަށް ގެނެސްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ކަދުރަކީ ސައުދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ހަދިޔާ ކުރަމުން އަންނަ ކަދުރެވެ. އަދި މިއަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޖަމްޢިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި ސައުދީ ޢަރަބިއްޔާއިން ހަދިޔާ ކުރި ކަދުރު މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއަށް ލިބިފަ އެވެ. އަދި މި ކަދުރު ރަމަޟާން މަސް ފެށުމުގެ ކުރިން ބަހާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދިނެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ލަފާކުރެވެނީ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.