އިދިކޮޅުން އިންޑިއާއާ ގުޅިގެން ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނާ ރިޕޯޓުގައިވަނީ ދޮގު: ފޮރިން މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން އިންޑިއާގެ އެހީތެރިކަމާއެކު މަސައްކަތްކުރި ކަމަށް ބުނެ ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކޮށްފައިވާ ރިޕޯޓުގައިވާ މަޢުލޫމާތަކީ ދޮގު މަޢުލޫމާތު ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ވިދާޅުވީ، އެ ރިޕޯޓުގައި ވަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

”އަސާސެއް ނެތް ކަމެއް، އެމީހުން ވޮޝިންގްޓަން ޕޯސްޓުގައި ކޮށްފައިވާ ތުހުމަތުތަކަކީ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި އެކަމުގައި އެއްވެސް ޙަޤީޤަތެއް ނެތް“

އޭގެއިތުރުން މި އިންޓަވިއުގައި މިނިސްޓަރު ހަލީލް ވަނީ އިންޑިއާ އައުޓް ކެމްޕޭނާއި، ޗައިނާ-ރާއްޖެ ގުޅުމާއި ގުޅޭގޮތުންވެސް ވަހަކަދައްކަވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ކަމަށެވެ. ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ އިޤްތިޞާދީ އަދި އަސްކަރީ، ސަލާމަތީ ގުޅުން ވަރުގަދަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ވެދިޔަތަން ދޫކޮށްލުމަށް ފަހު ބޭނުންވަނީ ކުރިއަށް ދިޔުމަށް ކަމަށެވެ.

”ކުރިއަށް ދާއިރު މާކުރިން ހިނގާފައި ހުރި ކަންތަކާ އެކު ދާކަށް ބޭނުމެއް ނޫން. މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއް [އިންޑިއާ އައުޓް] މޫމަންޓު ލީޑް ކުރެއްވީ. އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން. ހުންނެވީ ސަރުކާރާ ދެކޮޅަށް އިދިކޮޅުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި،“ ހަލީލް ވިދާޅުވި އެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވަނީ، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ”ރޯ“ (އާރު.އޭ.ޑަބްލިޔު) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ކަމަށެވެ. މިކަމަށް އިންޑިއާއިން މަސައްކަތްކުރީ ރައީސް މުޢިއްޒު އިންޑިއާ ސިފައިން ފޮނުވާލުމަށް ވަޢުދުވެ، ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމަށް ބޭނުންވުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

”ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް“ ގެ ނަމުގައި ލިޔެފައިވާ ލިޔުމެއްގައި، މަޖިލިސް މެންބަރުންނާއި، ސިފައިންގެ އޮފިސަރުންނާއި، ގޭންގުތަކަށް ރިޝްވަތު ދިނުމަށް ރޭވި ކަމަށް ބުނެފައިވެއެވެ. މި މަސައްކަތަށް 6 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، އެ ފައިސާ އިންޑިއާއިން ހޯދަން އުޅުނު ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ