ހުޅުމާލެ ފޭސް 2 ގައި ޕޮލިސް ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓް ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ޕޮލިސް ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންތް ހިނގާފައިވަނީ މިދިޔަ ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގަ އެވެ.
ފުލުހުން މިއަދު ވަނީ މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ފަރާތެއްވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު (9444880)އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފަ އެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުށްވަން އިނީ 19 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާއަށް އަދިވެސް އަންނަނީ އައިޖީއެމްއެޗް އައިޔީސޫގައި ފަރުވާ ދެމުންނެވެ.
ފުލުހުން މީގެކުރިން މި މައްސަލައާއި ގުޅިގެން ބުނެފައިވަނީ، ސައިކަލު ދުއްވި ޒުވާނާގެ ލައިސެންސް ހިފަހައްޓާފައިވަނީ އެކްސިޑެންޓް ހިނގުމުގެ ހަފުތާއެއް ކުރިން ކަމަށެވެ. އަދި މިކަމުގައި ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އިހުމާލެއް އޮތްތޯ ބަލާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.