އަތޮޅުތެރޭގެ ކުނި ބިލް، ކަރަންޓް ބިލާ އެއްކޮށް ނުލުމަށް ރައީސް ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

ވެމްކޯއިން އަތޮޅުތެރޭ ރަށްރަށުގައި ފޯރުކޮށްދޭ ގޭބީސީ ތަކުން ކުނިނަގައި ދިނުމުގެ ހިދުމަތުގެ ބިލް ޔޫޓިލިޓީ އެހެން ހިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ބާތިލްކޮށްލައިފި އެވެ.

ވެމްކޯ އިން މިކަން ހާމަ ކޮށްފައި ވަނީ، އެ ހިދުމަތުން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، 2025 ޖެނުވަރީ އިން ފެށިގެން ވެމްކޯއިން އަތޮޅުތެރޭ ރަށްރަށުގައި ފޯރުކޮށްދޭ ގޭބީސީ ތަކުން ކުނިނަގައި ދިނުމުގެ ހިދުމަތުގެ ބިލް ޔޫޓިލިޓީ އެހެން ހިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ބާތިލް ކުރަށްވާފައިވާ ކަމަށެވެ.

ވެމްކޯއިން ބުނެފައި ވަނީ މި ބަދަލާއިއެކު، ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ހިދުމަތަށް ބިލު ކުރެވޭނީ ވެމްކޯގެ ހިދުމަތްތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަދި ބިލަށް ފައިސާ ދެއްކުމުގެ ކަންކަން ވެމްކޯގެ އަތޮޅުތެރޭ ރަށްރަށުގައި ގާއިމް ކޮށްފައިވާ އޮފީސްތަކުންނާއި ވެމްކޯގެ އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް އިންތިޒާމް ކުރެވިފައިވާ ކަމަށްވެސް ވެމްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ