ދީނީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މުހިއްމު އިލްމީ ދިރާސަތަކެއް ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ދީނީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މިއަހަރުގެ ތެރޭގައި މުހިއްމު އިލްމީ ދިރާސަތަކެއް ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަހަރަށް ކުރުމަށް ނިންމާފައިވާ ކަންކަން ހިމެނޭ އެކްޝަން ޕްލޭންގައި ވާގޮތުން މި ޢިލްމީ ދިރާސާތައް ކުރުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ.

ރާއްޖެގައި ދީނީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މިއަހަރުގެ ތެރޭގައި މައިގަނޑު 4 ދިރާސާއެއް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެގޮތުން ޤައުމީ މަންހަޖާއި މުގައްރަރުތަކުގައި އިސްލާމީ އަޚުލާޤުގެ ބައި ހިމެނިފައިވާ މިންވަރު ދެނަގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް ނިންމާފައިވެ އެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މުޖުތަމަޢުގައި ހިންގޭ ޕްރޮގްރާމްތަކުގައި އުނިކަމެއް ހުރިތޯ ބެލުމަށް ދިރާސާ ކުރުމަށާއި އެފަދަ ޕްރޮގްރާމްތަކުން އަސަރުވެރިކަން ހުރި މިންވަރު ދެނެގަތުމަށްޓަކައިވެސް ދިރަސާއެއް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީއިން ބުނީ، މުޖުތަމަޢުގައި ގަނާކުރުމާއި ޖުވާކުޅުމާއި ވައްކަމާއި ފޭރުން، އަދި ޓެކުން، ހަށިވިއްކުން ފަދަ ނޭދެވޭ ކަންކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާތައް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ