ގުޑުގުޑާ ދޫނިތައް އަނެއްކާވެސް ރާއްޖެއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގުޑުގުޑާ ދޫނިތައް އިރުވައި މޫސުމާ ގުޅިގެން އަނެއްކަވެސް ރާއްޖެ އަށް އޭގެ މިސްރާބު ޖަހައިފި އެވެ.

މި ދުވަސްވަރަކީ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސް ވަރެވެ. މޫސުމީ ދޫންޏަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައްކާވުމުގެ ގޮތުން ހިޖުރަ ކުރާ ދޫނިތަކެވެ. އަދި ރާއްޖެ އުފެދިފައި އޮންނަ ސަރަހައްދުގެ ސަބަބުން ގިނަ އަދަދެއްގެ ދޫނި ރާއްޖެއަށް ޒިޔާރާތްކުރެއެވެ.

މޫސުމީ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކަވެ. އަދި އަދަބެއްގެ ގޮތުން ބޮޑެތި ޖޫރިމަނާ އެއްވެސް ކަނޑައަޅާފައިވެއެވެ. މިގޮތުން ހިމާޔަތްކޮށްފައިވާ ދޫނި ހިފައި އަނިޔާކުރާ ނަމަ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެއް ދޫނި ނަމަ 20،000ރ.، އެއަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 25،000ރ؛ ހިމާޔަތްކޮށްފައިވާ ދޫންޏެއް ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

އިރުވާއި މޫސުމާއި ގުޅިގެން އިއްޔެ ކުޅުދުއްފުށީގެ މަށި ކުޅިން ފެނިގެން ދިޔައީ ހިތްގައިމު ރީތި މަންޒަރެކެވެ. މީގެ ކުރިންވެސް އިރުވައި މޫސުމުގައި ގުޑުގުޑާ ދޫނި ވަނީ ކުޅުދުއްފުށީގެ މި ރީތި ހިއްގައިމު ކުޅިޔަށް ޒިޔާރަތް ކޮށްފަ އެވެ. ފޮޓޯގްރާފަރުން ވަނީ މި ސަރަހައްދަށް އައިސް ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ފޮޓޯ ތަކުން ފެންނަ ގޮތުގައި އެ ކުޅީގައި ހުރީ 5 ގުޑުގުޑާ ދޫނި އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ