ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ގޯލްޑަން ފުޓްސަލް ކްލަބާއި ޕަރޓްނަރވެއްޖެ އެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ރަށްރަށުން 130 ޓީމެއް ބައިވެރިވާއިރު ޖުމްލަ 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަތަރެއް ޖެނުވަރީ އިން ފެށިގެން 25 ފެބުރުއަރީ އާއި ހަމައަށެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޓާފް ސްޓޭޑިއަމްގަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 މިރޭ ފެށުމަށް ހަމަ ޖެހިފައިވަނީ 2023 ގެ ޗެމްޕިއަން ޓީމު ލ. ގަން އަދި 2024 ގެ ޗެމްޕިއަން ޓީމު ކަމުގައިވާ އޭދަފުށީގެ ފޯރިގަދަ ޗެރިޓީ ޝީލްޑް މެޗަކުންނެވެ.
2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖު ގެ ޕްލެޓިނަމް ޕަރޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވާ މިއީ ތިން ވަނަ އަހަރެވެ.