އިއްޔެ ކުނި ނުނެގިހުރި ސަރަހައްދުތަކުން މިއަދު ކުނި ނަގާނެ: ވެމްކޯ

Advertisement

އެންމެ ފަސް

Advertisement

އިއްޔެ މާލެ ސަރަހަައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ވެމްކޯގެ މުވައްޒަފުންނަށް ކުނި ނުނެގުނު ބައެއް ހިސާބުތަކަށް މިއަދު އެމަސައްކަތް ކުރާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.

އިއްޔެ ހިދުމަތް ނުދެވި ހުރި ގޭބިސީތަކާއި ފިހާރަ އަދި ކެފޭ ރެސްޓޯރަންޓުތަކުން މިއަދު ހެނދުނު 9:00 އިން ފެށިގެން ކުނި ނަގަމުންދާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.

އެގޮތުން، އިއްޔެ މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާބިގާވެ އުޅުމަށާއި، އުޅަނދުތައް ދުއްވުމަށް ދަތިވެ، ގޭގެއާއި އެކި ވިޔަފާރިތައް ހިންގާ އިމާރާތްތަކަށް ވަނީ ފެންވަދެފަ އެވެ.

30,569 ޓަނުގެ ފެން މާލޭގެ އެކި ސަރަހައްދުތަކުން ހުސްކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މޫސުން ގޯސްވުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ