21 ރަށަށް ފެން އަދި 4 ރަށަށް ނަރުދަމާގެ ހިދުމަތް ދީފި

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ އަހަރުގެ ތެރޭގައި މުޅިން އަލަށް 21 ރަށެއްގައި ފެނުގެ ހިދުމަތް އަދި 4 ރަށެއްގައި ނަރުދަމާގެ ހިދުމަތް ދޭން ފެށި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ބައެއް ރަށްރަށުގައި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދާފައިވާ 360 ހައުސިން ޔުނިޓަކަށްވެސް މިދިޔަ އަހަރުގެ ތެރޭގައި ފެނަކަ އިން ވަނީ މުޅިން އަލަށް ފެނުގެ ހިދުމަތް ދޭން ފަށާފަ އެވެ.

މީގެއިތުރުން ބިލުނުކޮށް ހިދުމަތް ދެމުންދިޔަ 22 ރަށެއްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުޅިން އަލަށް ބިލް ކުރަން ފެށި ފެނުގެ ހިދުމަތް ހުރިހާ ރަށެއްގައި އެއްހަމަ ކުރެވުނު ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެފައިުވެ އެވެ.

އަތޮޅު ތެރޭގެ 107 ރަށެއްގައި ފެނަކަ އިން ފެނާއި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު 92 ރަށެއްގައި ނަރުދަމާގެ ހިދުމަތް ފެނަކަ އިން ދެމުން ގެންދިޔައީ ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގަ އެވެ.

ފެނަކަ އިން ބުނީ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުންފުނިން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަކީ ހުއްޓުމެއް އައިސްގެންވާނެ ހިދުމަތްތަކެއް ކަމަށް ނުވާތީ ހިދުމަތް މެދުކެނޑުނަ ނުދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ